| Home | Book of Maldivian Political History | Articles | Political Analysis | Contact Me | Current Affairs
Dhivehi Article

Maldives Democratic Reform Watch

ޑިމޮކްރެޓިކް ރިފޯމާއި ދިވެހިން

 

އަބްދުﷲ ސަމީރު

 

ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮންނަތާ އެތަކެއަް ޒަމާން ތަކެއް ފާއިތުވެގޮސްފައިވާ ގައުމެކެވެ. ދިވެހިންގެ އާބާދުވުން މީގެ އެތައް ހާސް އަހަރެއްގެ ކުރިޔަށް ތާރީޚީ އިލްމު ވެރިން ޖައް  ސާ އިރު ގަދީމީ ޔޫނާނާއި އިހުގެ ރޯމަނުންނާޢެކު ވެސް ދިވެހިން ވަނީ ސިޔާސީ ގޮތުން ގާތް ގުޅުމެއްބާވައިފައެވެ. މާނަޔަކީ ހަރުދަނާ ވެރިކަމެއް ދިވެހިންގެ ތެރޭގައި ހިނގަމުން އަންނަތާ ޒަމާންތަކެއް ވެފައިވާ ކަމެވެ. 

 

މިދެންނެވި ދިގު ތާރީޚުގައި ހަރުދަނާ ކަމާ އެކު  ހިންގޭނީިަިިއާ އެ ޒަމާ   ނަކަށް ބޭނުންވާ އިސްލާހުތަކެއް ވެރިކަމުގެ ނިޒާމަށް ގެނެސްގެން ކަމާ މެދަކު ޝައްކެއް ވެސް ނެތެވެ. އެކަން ދިވެހި ތާރީޚުން ފެންނަން ވެސް އެބަ އޮތެވެ. މިފަދަ ބަދަލުތަކަށް މިޒަމާނުގެ ބަހުރުވައިން ރިފޯމޭ ކިޔިދާނެއެވެ.

 

ފަހުގެ ތާރީޚަށް ބަލާއިރު  ދިވެހި ވެރިކަމުގެ ނިޒާމުގެ ތެރެއަށް އެންމެ ފާހަގަ ކުރެވޭ ރިފޯމެއް ގެނެސްފައި ވަނީ  ޝަމްސުއްދީންގެރަސްކަމުގައެވެ. 1933 ގައި މުޅިންއަލަށް ގާނޫނު އަސާސީއެއް އެކުލަވާލައި ގާނޫނެއްގެ ހިޔަލުގައި         ވެރި   ކަން ކުރަން ފެށުން މިއީ ދިވެހިންގެ ވެރިކަމުގެ ނިޒާމަށް އައިި  ވަރަށް ބޮޑު ރިފޯމަކަށް ނޫނީ ނުވާނެއެވެ. މި ގެނެވުނު ބަދަލަކީ ކިތަންމެ މުހިންމު ރިފޯމެއް ކަމުގައި ވިޔަސް  ދިމާވި  ސަބަބުތަކަކާހުރެ ގެނެވުނު ރިފޯމް ދެމެހެއްޓެނިވި އެއްޗަކަށް ނުވިއެވެ. ޓައިމްސް މަޖައްލާގެއޭރުގެ ޕޮލިޓިކަލް ރިޕޯޓަރު މިކަންސިފަކުރީ ދިވެހިން ރަނގަަޅަ  ޅަ  ށް ތައްޔާރު ނުވަނީސް ގެނެވުނު ބަދަލެއް ކަމުގައެވެ. އެހެންކަމުން ދިވެހިން ބަލައި ނުގަތުމުގެ ސަބަބުން ފެއިލްވި ރިފޯމް ގެ ނަތީޖާ އަކަށްވީ  ޝަމްސުއްދީނުގެ ވެރިކަން ނިމި ދިވެހި ވެރިކަމަށް އިންގިލާބެއް އައުމެވެ.

 

މިއީ ބޭރުގެ ރިޕޯޓަރުން އެކަން ސިފަ ކުރި ގޮތް ކަމ  ުގައި ވިޔަސް މަންޒަރު ގާތުން ދިރާސާ ކުރިބަޔަކަށް ފެންނާނީ ދިވެހިންގެއާއިލާ ތަކެއްގެ މެދުގައި ވެރިކަމާ ހިފި ހިފުމަކާއި އިނގިރޭސިން ދިވެހިންގެ ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވަން ކުރި މަސައްކަތެވެ.

 

ތާރީޚުން ފާހަގަ ކުރެވޭ މައިގަނޑު ދެވަނަ ރިފޯމެއް ދިވެހި ވެރިކަަ  މުގެ ނިޒާ މަށް އައިސްފައި ވަނީ މުހަންމަދު އަމީނުގެ ވެރިކަމުގައި 1953 ގައެވެ. ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އައި ރަސްކަން ރިޔާސީ ނިޒާމަކަށް ބަދަލު ކޮށްލައި ދިވެހި ރާއްޖެއަށް ގެނެވުނު ޖުމުހޫރީ ވެރިކަމަކީ ތާރީޚީ ގޮތުން އެންމެ ފާހަގަ ކޮށްލެވޭ ރިފޯމެވެ.

 

1933 ން 1953 އާ ދެމެދު 30 އަހަރުގެ މުއްދަތުގައި ދިވެހި ވެރިކަމުގައި ތަފާތު ކުލަތައް ޖެހި ތަފާތު ބޭފުޅުންގެ އަތް މައްޗަށް ބާރު ގޮސް އެންމެ ފަހުން ގައުމުގެ ވެރިޔަކީ އަމީނު ކަމުގައި ހަމަ ޖެހުމުން އޭނާގެ މުޅި އަމާޒަކަށްވީ  ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމު އެކުގައި ރިފޯމް ކޮށްލައްވައި ޒަމާނީ ޑިމޮކްރަސީއެއް ރާއްޖެ ގެންނެވުމެވެ. އެގޮތުން ދެޕާޓީއެއްގެ މައްޗަށް ޕާޓީ ސިސްޓަމެއް ތައާރަފް ކުރައްވައި، ފުރިހަމަ ޑިމޮކްރަސީއަކާ ދިމާޔަށް ރާއްޖެ ގެންދެވިއެވެ.

 

މިގެނެވުނު ސިޔާސީ ހެޔޮ ބަދަލުތަކާއެކު އަމީން ރާއްޖެއަށް ތައާރާފް ކުރެއްވި ކަންތަކުގެތެރޭގައި ވޯރާ ވިޔަފާރި ވެރިންގެ އަތްމަތީގައި އޮތް ރާއްޖޭގެ ވިޔަފާރި މިނިވަން ކުރައްވައި އިންޕޯޓް އެކްްސްޕޯޓްގެ ނިޒާމެއް ގާއިމް ކުރެއްވިއެވެ. މުޅި ގައުމުގައި އެކީ އެއްފަހަރާ ތައުލީމު ލިބޭނޭ ގޮތް ހަމަޖައްސަވައި އަތްތެރި މަސައްކަތާއި ދަނޑުވެރިކަމުގެ ރޮނގުން ވަރަށް ހަލުއި މިނެއްގައި ރާއްޖެ ކުރިޔަށް ދިޔައެވެ.މާލެޔާއި ރާއްޖެތެރޭގެ މާބޮޑު ތަފާތެއް ނެތި އެވެ. އަދި ހަމަ އެހެންމެ އަންހެނުންނާއި ފިރިހެނުންގެ ވެސް ތަފާތެއް ނެތިއެވެ. 

 

ތަރައްގީގެ ދުވެލި ކިތަންމެބާރަކަށް ދިޔަކަމުގައި ވިޔަސް އ  ަމީނުގެ ޑިމޮކްރެެ  ޓިކް ރިފޯމް މާގިނަ ދުވަސްތަކެއް ވަންދެން ދެމިއެއްްނޯތެވެ.

 

އަމީން ރާއްޖޭގައި އުފެއްދެވި ޕާޓީ ސިސްޓަމް އެންމެ 9 މަސް ދުވަހުގެ ތެރޭގައި ފެއިލްވީ އަމިއްލަފުޅަށް އުފެއްދެވި އިދިކޮޅު  ޕާޓީން ގެނައި އިންގިލާބެއްގައި ފުރާނަފުޅު ދުއްވައިލައިގެންނެވެ. ދިވެހިން ދުށް ފުރަތަމަ ޖުމްހޫރިއްޔާ ފެއިލްވެގެން ދިޔައީ ކޮންމެ ސަބަބަކާ ހުރެ ކަމުގައި ވިޔަސް ަެނގޭ ހަގީގަތަކީ ޝަމްސުއްދީނުގެ ރިފޯމެކޭ އެއްފަދައިން އަމީނުގެ ރިފޯމް ވެސް ނިމި ދިޔައީ ރާއްޖޭގައި ޒަމާނުއްސުރެ ވެރިކަން ކުރަމުން އަންނަ ރަސްކަމުގެ ނިޒާމަށް ތަން ދެމުންނެވެ.

 

އަމީނުގެ ރިފޯމް އެޖެންޑާއިން ލިބުނު ތަޖްރިބާގެ އަލީގައި ދިވެހި ވެރިކަމުގެ ނިޒާމު ވިރާސީ ރަސްކަމަކުން ރިޔާސީ ނިޒާމަކަށް ބަދަލު ކޮށް ލެއްވީދި     ދިވެހި  ރާއްޖޭގެ ދެވަނަ  ޖުމްހުރިއްޔާގެ ފުރަތަމަ ރައީސް  އިބްރާހިމް ނާސިރެވެ. ޒުވާން ސިޔާސީ  ލީޑަރެއްގެ ހައިސިއްޔަތުން  ގާނޫނީ ހިޔާވަހި ކަމުގެ ތެރެއިން ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކާ ދިމާޔަށް ގެން  ދަވައި  ޖުމު ހޫރީ ނިޒާމެއް  ރާއްޖޭގައި ގާއިމް ކޮށް ދެއްވުން އެއީ ސިޔާސީގޮތުން ނާސިރު ރާއްޖެއަށް ގެނެސް ދެއްވި ވަރަށް ބޮޑު ރިފޯމެކެވެ. އަދި އެއީ ނާސިރުގެ ހިކު  މަތްތެރިކަމާއި ވިސްނުމުގެ އެހީގައި ދިވެހި ގައުމަށް ކުރެއްވި ވަރަށް ބޮޑު ސިޔާސީ ހަދިޔާ އެކެވެ.

 

ދެވަނަ ފަހަރަށް ދިވެހި ރާއްޖެގައި ޖުމްހޫރީ ނިޒާމެއްގެ ބިންގާ ނާސިރު އެޅުއްވީ ސިޔާސީ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ލައް  ވައި ކާމިޔާބު ހޯއްދަވަމުންނެވެ.

 ޝަމްސުއްދީނުގެވެރިކަމުގެ ދުވަސްވަރުން ފެށިގެން ދިވެހިރާއްޖޭގެ ދާޚިލީ ކަންތަކުގެ ތެރެއަށް ނުފޫޒު ފޯރުވަން އިނގިރޭސިން ކުރަމުންއައި މަސައްކަތަށް ރައްދު ދެއްވައި ދިވެހިންނަކީ ހަރުދަނާ ސިޔާސަތެއްގެ ވެރި ބައެއް ކަން އިނގިރޭސިންނަށް ވިސްނަައި ދެއްވި ކަމީ ނާސިރުގެ އާދަޔާ ޚިލާފް ސިޔާސީ އަމަލެކެވެ. އެންމެ ފަހުން އިނގިރޭސިންގެ ދަށުން ދިވެހި ގައުމު މިނިވަން ކޮށް ދިވެހިންނަށް ފުރިހަމަ މިނިވަން ކަން ނާސިރު ހޯއްދަވައި ދެއްވުމުން ދިވެހި ތާރީޚުން ދިވެހި ދަރިޔަކަށް ހައްގުވާ އެންމެ މަތީ ދަރަޖަ ނާސިރަށް ލިބެން ޖެހޭކަމާ މެދަކު އެއްވެސް ޝައްކެއް ނެތެވެ.

 

ޖުމްހޫރީ ވެރިކަމަކުން ނުވަތަ ރިޔާސީ ނިޒާމަކުން ރާއްޖެ އިހަށްވުރެ ބޮޑަށް ހުޅުވި، ގައުމުގެ ތަރައްގީގެ ދުވެލީގައި ރޭސް ޖަހަން ވީ  ވަގުތު ވެރިކަމުގައި ހުންނަވަން އު  ޒުރު ވެރިވެ ވަޑައިގެންނެވުމާ ކު ވެރިކަމުން ނާސިރު އިސްތިއުފާ ދެއްވުމުން  މިއަދު ދިވެހިން މިދެކޭ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސ،ް މައުމޫނުގެ ޒަޢާމަތް ފެށުނީއެވެ.

 

މައުމޫންގެ ވެރިކަން 5 އަހަރުން 5 އަހަރަށް އިތުރު ވަމުން ދިގު ދެމިގެން ދިޔައީ އެއްވެސް ކަހަލަ ރިފޯމެއް ނުވަތަ ޑިމޮކްރެޓިކް ބަދަލެއް ރާއްޖެއަށް އައު މެއް ނެތިއެވެ. 1930 ން ފެށިގެން ދިވެހި ގައުމަށް އަ  ންނަން ފެށި ރިފޯމް ހުއްޓި  އެކަށީގެންވާ އަވަސް މިނެއްގައި ބަދަލުވަމުން އައި ދިވެހި ވެރިކަމުގެ ގޮނޑި މައުމޫނުފުރުއްވާތާ ތިރީސް އަހަރު ވާން އުޅެނީއެވެީެ. ޒަމާނާ އެކަށީގެންވާ ބަދަލެއް  ވެރިކަމުގެ ނިޒާމަށް ނައިސް އެެ އް ވެރި  ކަމެއް އެކަށީގެންވާ ވަރަށް ވުރެ ދިގުލައިގެން ދިޔުމުގެ ނަތީޖާއަކަށް ވީ ޒުވާނުންގެ މެދުގައި ނުތަނަވަސް ކަން އުފެދި ވެރިކަމާ އިދިކޮޅު ޚިޔާލު ގައ  ުމުގައި އަށަގަތުމެވެ. ނަތީޖާއެައްގެ ގޮތުން މައުމޫނަށް މަޖުބޫރު ވެ ވަޑައިގަތީ ދިވެހި ރާއްޖޭގެ ވެެރިކަމުގެ ނި  ޒާމް ރިފޯމް ކުރެއްވުުމަށެވެ.    

 

ދިވެހި މުޖުތަމައުގައި އުފެދުނު ހަމަނުޖެހުން ތަކަކާއި ހައިޖާނު ގަނޑަކާ ގުޅިގެން،  28އަހަރުގެ ދިގު މުއްދތަކަށްފަހު ދުނިޔޭގެ މީޑިޔާގެ ސަމާލުކަމަށް ގެންނަމުން މައުމޫން ގެންނަވަންފެއްޓެވި ޑިމޮކްރެޓިކް ރިފޯމަކީ މިއަދުގެ ދިވެހިރައްޔިތުންގެ ހިތުގެ ވިންދާ ގުޅިފައިވާ ކަމެކެވެ. ރިފޯމް ޕްރޮސެސް ތިންވަނަ އަހަރަކަށް ދިގު ދެމިގެންދާ އިރުއުފެދޭ ސުވާލަކީ މައުމޫނުގެ ރިފޯމް އެޖެންޑާ ނިމޭނީ ކޮން ގޮތަކަށް ބާވައެވެ.   

Enter content here

Enter supporting content here

working for liberty, equity and social justice in maldives